
[މި މަދު ގަނޑުކޮޅަކީ އަޅުގަނޑުގެ ލޮބުވެތި ބައެއް މިތުރުންގެ އެދުމަށް ވެދުންކުރުމުގެ މާތް މަޤްޞަދުގައި، ތަރުޖަމާކުރެވުނު އަގު ބޮޑު ޚަޒާނާއެކެވެ. ސަބަބަކީ؛ މިފޮތުގެ އަޞްލެއްކަމުގައި އަޅުގަނޑުގެ ޚިޔާރުގެ ނަޒަރު ހުއްޓުނީ އެޤަރުނެއްގައި އުފެދުނު އެންމެ ޢިލްމީ ދެބޭފުޅުންކަމުގައިވާ فضيلة الشيخ العلامة عبدالعزيز بن عبدالله بن باز އަދި فضيلة الشيخ المحدّث محمد ناصرالدين الألباني -رحمهما الله-ގެ ފޮތުން ލިޔެވިފައިވާ اَلْحَجُّ الْمُصَوَّرُ މިނަން ދެވިފައިވާ ފޮތަށެވެ. އަޅުގަނޑު ދިވެހިބަހަށް މިފޮތް ގެނައުމުގައި ބޮޑަށް އިސްކަންދިނީ ލުއިފަސޭހައިން ވިސްނޭފަދަ ޢިބާރާތްތަކެއް ބޭނުންކުރުމަށެވެ. ކިޔުންތެރިޔާ ވީހާވެސް ޚުލާޞާ މަދު ބަސްތަކަކުން މަޤްޞަދަށް ފޯރުކުރުވުމަށެވެ.]
ބައެއް ބްރައުޒަރތަކުން ސައިޓު ބައްލަވާއިތު ޤުރުއާނުގެ އާޔަތްތައް ރަނގަޅަށް ނުފެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަން ރަނގަޅުކުރެއްވުމަށްޓަކައި، މަދީނާގެ މުޖައްމަޢުލް މަލިކު ފަހުދު ލި ޠިބާޢަތިލް މުޞްޙަފުއް ޝަރީފު އިން ވަރަށް ފަހުން ނެރެފައިވާ، ޤުރުއާން ލިޔާ ފޮންޓު ޑައުންލޯޑުކުރެއްވުމަށްފަހު އިންސްޓޯލުކުރައްވާށެވެ. އިތުރު މައްސަލައެއް ދިމާވެއްޖެނަމަ އަޅުގަނޑުމެންނާ ގުޅުއްވާ!