14 ރަޖަބް 1434 ހ، 24 މެއި 2013 މ

ޢިލްމު

لا حول ولا قوّة إلّا بالله ގެ މާނަ ބަޔާންކުރުމުގައި އެކި މީހުން އެކި ގޮތް ގޮތަށް އޭގެ މާނަ ކޮށްފައި ހުރެއެވެ. އެހެނަސް މިއުއްމަތުގެ ޢިލްމުވެރިންވަނީ ވަރަށް ފުރިހަމަޔަށް ވަރަށް ތަފްޞީލުކޮށް މި ކަލިމައިގެ މާނަ ބަޔާންކޮށްދެއްވާފައެވެ.

އިތުރަށް ވިދާޅުވޭ...

إرشاد أولي الحلم إلى فضل العلم

الْحَمْدُ لِلَّهِ الرَّحِيْمِ الرَّحْمَنُ، الَّذِيْ أَنْزَلَ الْقُرْآنَ، وَجَعَلَهُ هُوَ الْفُرْقَانَ!

صَلَوَاتُ رَبِّيْ وَسَلاَمُهُ عَلَى خَاتَمِ الْأَنْبِيَاءِ، الَّذِيْ أَخْبَرَنَا أَنَّ وَرَثَةَ الْأَنْبِيَاءِ هُمُ الْعُلَمَاءِ، وَعَلَى آلِهِ وَأَصْحَابِهِ الَّذِيْنَ رَفَعُوْا رَايَةَ الْإِسْلَامِ، لِأَجْلِ دُخُولِ دَارِالسَّلاَمِ.

ރަޙްމާންވަތަ، ރަޙީމްވަންތަ الله تعالىއަށް ޙަމްދާއި ޝުކްރުހުއްޓެވެ. އެކަލާނގެއީ ކީރިތި ޤުރްއާން ބާވައިލެއްވެވި ރަސްކަލާނގެއެވެ. އަދި، އެޤުރްއާނަކީ ޙައްޤާއި ބާޠިލުވަކިކޮށްދެނިވި އެއްޗެއްގެ ގޮތުގައި ލެއްވެވި މާތް ރަސްކަލާނގެއެވެ. ޞަލަވާތާއި އަދި ސަލާމްލެއްވުންއެދި ދުޢާކުރަނީ ނަބީކަން ފުރިހަމަކުރެއްވި މާތް ރަސޫލާއަށެވެ. އެކަލޭގެފާނަކީ، ޢިލްމުވެރީންނަކީ ނަބިއްޔުންގެ ވާރުތަވެރީންކަމުގެ ޚަބަރު އަޅުގަނޑުމެންނަށް ދެއްވިފަރާތެވެ. އަދި، ސުވަރުގެއަށް ވަނުމަށްޓަކައި، އެކަމުގެ އެދުމުގައި، އިސްލާމްދީނުގެ ދިދައުފުއްލެއްވި މާތް ޞަޙާބީންނަށާއި އަދި މާތް ރަސޫލާ-صلى الله عليه وسلم-ގެ އާލުންވެސް މި ސަލާމާއި އަދި ޞަލަވާތުގައި ޝާމިލުކުރައްވާށިއެވެ!

އެއަށްފަހު، ދަންނާށެވެ!

ފަހެ ހަމަކަށަވަރުން، الله تعالىއަށް ބިރުވެތިވެ، ތަޤްވާވެރިވެ އެއިލާހުގެ ޙަޟްރަތަށް ވާޞިލުވެވޭނޭ އެންމެ މައިގަނޑުއެއް ވަޞީލަތަކީ ޢިލްމު ހޯދުމުގައި ގަދައަޅާ މަސައްކަތްކޮށް އެ ޢިލުމުގެ މައްޗަށް ތިމާގެ އުޅުމާއި ގުޅުން ބައްޓަންކުރުމެވެ. ފަހެ، ޝަރްޢީ ޢިލްމު ހޯދުމައްޓަކައި މަސައްކަތް ކުރާ މީހާ ކީރިތި ޤުރްއާނާއި، މޫރިތި ސުންނަތް ދެނެގަނެވޭނެ މަގުތައް ޚިޔާރުކޮށްފިއެވެ.

ޢިލްމު ހާޞިލްކުރުމުގައި، އިންސާނަޔަށް އެތައް ގިނަގުނަ ހެވަކާއި ދަރުމައެއް ލިބި، ޢިލްމުގެ މައްޗަށް ބިނާވެތިބެ، الله تعالىއަށް އަޅުކަންކުރަންވީ އެންމެ ހެޔޮގޮތުގައި، އެއަޅުކަން ކުރެވޭނެއެވެ. ފަހެ، ނަބީބޭކަލުން -صَلَوَاتُ اللهِ وَسَلاَمُهُ عَلَيْهِمْ- ވާރުތަ މުދަލުގެގޮތުގައި ދޫކުރެއްވީ ދީނާރެއް އަދި ދިރްހަމެއްވެސް ނުމެނޫނެވެ. އަދި، ކިއެއްތަ އެބޭކަލުން ދޫކުރެއްވި ވާރުތަ މުދަލަކީ ޢިލްމެވެ. ފަހެ، އެ ޢިލްމު ލިބިގަންފިމީހާ، މަތިވެރިވެގެންވާ މޮޅުކަމެއް ޙާޞިލުކޮށްފިއެވެ. "ނަބީބޭކަލުންގެ ވާރިޘުންނަކީ ކޮބާތޯ؟"، މިހެން ސުވާލުކުރެވިއްޖެނަމަ، ފަހެ، ހަމަކަށަވަރުންވެސް އޭގެ ޖަވާބަކަށްވަނީ ޞައްޙަ ޙަދީޘްފުޅުގައިވާފަދައިން:

އިތުރަށް ވިދާޅުވޭ...

ހާއްސަ ބައިތައް




ފޮންޓުގެ މައްސަލަ

ބައެއް ބްރައުޒަރތަކުން ސައިޓު ބައްލަވާއިތު ޤުރުއާނުގެ އާޔަތްތައް ރަނގަޅަށް ނުފެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަން ރަނގަޅުކުރެއްވުމަށްޓަކައި، މަދީނާގެ މުޖައްމަޢުލް މަލިކު ފަހުދު ލި ޠިބާޢަތިލް މުޞްޙަފުއް ޝަރީފު އިން ވަރަށް ފަހުން ނެރެފައިވާ، ޤުރުއާން ލިޔާ ފޮންޓު ޑައުންލޯޑުކުރެއްވުމަށްފަހު އިންސްޓޯލުކުރައްވާށެވެ. އިތުރު މައްސަލައެއް ދިމާވެއްޖެނަމަ އަޅުގަނޑުމެންނާ ގުޅުއްވާ!