12 ރަޖަބް 1434 ހ، 22 މެއި 2013 މ

މުސްތަލަޙް

ޙަދީޘްގެ ހަތް ދަރަޖަ

ޙަދީޘްގެ ހަތް ދަރަޖައެއް ވެއެވެ. އެއީ

  1. ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘް
  1. ބުޚާރީ ރިވާ ކުރައްވާފައިވާ އެކަމަކު މުސްލިމް ރިވާ ކުރައްވާފައިނުވާ ޙަދީޘް
  1. މުސްލިމް ރިވާ ކުރައްވާފައިވާ އެކަމަކު ބުޚާރީ ރިވާ ކުރައްވާފައިނުވާ ޙަދީޘް
  1. ބުޚާރީ އާއި މުސްލިމްގެ ޝަރުޠުތަކަށް ފެތި ޞައްޙަވި ނަމަވެސް އެދެބޭކަލުން ރިވާ ކުރައްވާފައިނުވާ ޙަދީޘް
  1. ބުޚާރީގެ ޝަރުޠުތަކަށް ފެތި ޞައްޙަވި ނަމަވެސް ބުޚާރީ ރިވާ ކުރައްވާފައިނުވާ ޙަދީޘް
  1. މުސްލިމްގެ ޝަރުޠުތަކަށް ފެތި ޞައްޙަވި ނަމަވެސް މުސްލިމް ރިވާ ކުރައްވާފައިނުވާ ޙަދީޘް
  1. ހަމަ އެކަނި ޞައްޙަ ޙަދީޘް ރިވާކުރައްވާފައިޥާ އެހެން ޢިލްމުވެރިންގެ (މިސާލަކަށް އިބްނި ޚުޒައިމާ އާއި އިބްނު ޙިއްބާންގެ ) ޝަރުޠުތަކަށްފެތި، ޞައްޙަވި ޙަދީޘް

މަޞްދަރު : ޝަރްޙުލް މަންޜޫމަތުލް ބައިޤޫނިއްޔާ

ލިޔުއްވެވީ : އަލް އިމާމް، މުޙައްމަދު ބިން ޞާލިޙް އަލް-ޢުޘައިމީން رحمه الله


مصطلح الحديث

ނޯޓް: މި ލިޔުމަކީ މިއީ  2010ވަނަ އަހަރު މަދީނާ ޔުނިވަސިޓީގެ ފަރާތުން ރާއްޖޭގައި ހިނގި ދަޥްރާގައި މުޞްޠަލަޙުލް ޙަދީޘް އާއި ބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ބެހި (ޢަރަބި) ލިޔުމެއްގެ ދިވެހި ތަރުޖަމާއެކެވެ.

(އަސްލު ޢަރަބި ލިޔުންކޮޅާއެކު ބެއްލެވުމަށް ލިޔުމުގެ ތިރީގައިވާ ޕީޑީއެފް ފައިލް ޑައުންލޯޑުކުރައްވާށެވެ.)

ތަޢާރަފް:

މުސްޠަލަޙުލް ޙަދީޘް އަކީ އޭގެ މައްޗަށް، ޙަދީޘެއް ޤަބޫލްކުރުމާއި، ޤަބޫލުނުކޮށް ރައްދުކުރުން ބިނާވެގެންވާ، އެޙަދީޘެއް ލިބުނު ގޮތުގެ ސަނަދާއި ( ރާވީންގެ ސިލްސިލާއާއި) އެ ޙަދީޘެއްގެ މަތުނުގެ (ޙަދީޘްގެ އަޞްލު ޢިބާރާތުގެ) ޙާލަތު އަންގައިދޭ އުޞޫލުތަކާއި ޤަވާޢިދުތައް ހިމެނޭ ޢިލްމަށް ކިޔާ ނަމެކެވެ.

އިތުރަށް ވިދާޅުވޭ...

ހާއްސަ ބައިތައް




ފޮންޓުގެ މައްސަލަ

ބައެއް ބްރައުޒަރތަކުން ސައިޓު ބައްލަވާއިތު ޤުރުއާނުގެ އާޔަތްތައް ރަނގަޅަށް ނުފެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަން ރަނގަޅުކުރެއްވުމަށްޓަކައި، މަދީނާގެ މުޖައްމަޢުލް މަލިކު ފަހުދު ލި ޠިބާޢަތިލް މުޞްޙަފުއް ޝަރީފު އިން ވަރަށް ފަހުން ނެރެފައިވާ، ޤުރުއާން ލިޔާ ފޮންޓު ޑައުންލޯޑުކުރެއްވުމަށްފަހު އިންސްޓޯލުކުރައްވާށެވެ. އިތުރު މައްސަލައެއް ދިމާވެއްޖެނަމަ އަޅުގަނޑުމެންނާ ގުޅުއްވާ!