8 ޝަޢުބާން 1434 ހ، 18 ޖޫން 2013 މ

ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނާއި ދެކޮޅަށް އެހެން ބާޠިލް ފިރުޤަތަކުގެ އަހުލުވެރިން އަބަދުވެސް ހަނގުރާމަ ކުރަމުން ދެއެވެ. އެގޮތުން މިޒަމާނުގައި ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނާއި ހަނގުރާމަ އިޢުލާންކޮށްގެން އެންމެ ނުރައްކާތެރި ޙަމަލަތައް ދެމުންގެންދާ މީހުންނަކީ ޤުޠުބީންނާއި އިޚްވާނީންނެވެ. އެބައިމީހުންނަކީ ސުންނަތުގެ އަހުލުވެރިން އެއްބަޔަކު އަނެއްބަޔަކާއި ޖެއްސުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ބައެކެވެ. ނަމަވެސް އެބައިމީހުން ފޭހޭ ހުރިހާ އިލޮއްޓެއް އެންމެފަހުން ހެރިގެންދަނީ އެބައިމީހުންގެ ލޮލަށެވެ. މިލިޔުމުގައި ބަޔާންކޮށްދެވިފައިވާނީ އެބައިމީހުން އެންމެ ފަހުން ޖެހި ދަންތުރާގައި އަމިއްލަޔަށް ޖެހިގެން ދިޔަ ގޮތެވެ. މުސްލިމުންނަށް އޮޅުވާލަން ކުރި މަސައްކަތުގައި އަމިއްލަ ބިތު ފަންގި ނެގިގެން ދިޔަ ގޮތެވެ. އުޑަށް ޖެހި ކުޅު އަމިއްލަ މޫނަށް ވެއްޓުނު ގޮތެވެ. ނިކަން ވިސްނުންތެރިކަމާއި އެކު ކިޔާލައްވާށެވެ.

 

pdf

ހާއްސަ ބައިތައް




ފޮންޓުގެ މައްސަލަ

ބައެއް ބްރައުޒަރތަކުން ސައިޓު ބައްލަވާއިތު ޤުރުއާނުގެ އާޔަތްތައް ރަނގަޅަށް ނުފެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަން ރަނގަޅުކުރެއްވުމަށްޓަކައި، މަދީނާގެ މުޖައްމަޢުލް މަލިކު ފަހުދު ލި ޠިބާޢަތިލް މުޞްޙަފުއް ޝަރީފު އިން ވަރަށް ފަހުން ނެރެފައިވާ، ޤުރުއާން ލިޔާ ފޮންޓު ޑައުންލޯޑުކުރެއްވުމަށްފަހު އިންސްޓޯލުކުރައްވާށެވެ. އިތުރު މައްސަލައެއް ދިމާވެއްޖެނަމަ އަޅުގަނޑުމެންނާ ގުޅުއްވާ!